ދައުލަތުގެ ބެލުމުގެ ދަށުގައި ދެކުނުގެ ރަށެއްގައި ހުރި ކުއްޖަކު ބޭސްތަކެއް ކެއި މައްސަލައިގައި މުވައްޒަފަކު ސަސްޕެންޑް ކުރީ ކުއްޖާއާ މުހާތަބު ކުރަންޖެހޭ މޭރުމުން މުހާތަބު ކޮށްފައިނުވާތީ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އެ މައްސަލައިގައި މުވައްޒަފަކު ސަސްޕެންޑް ކުރީ ކުއްޖާއާ މުހާތަބު ކުރަންޖެހޭ މޭރުމުން މުހާތަބު ކޮށްފައި ނުވާތީ އާއި ކުއްޖާ ބެލެހެއްޓުމުގައި ކުއްޖާއާ މެދު އަމަލުކުރަން ނުޖެހޭ ގޮތަށް އަމަލުތައް ބަހައްޓާފައި ވާތީ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ބޭސްތަކެއް ކެއީ ނަފުސާނީ ބައްޔަށް ބޭސް ކުރަމުން އައި ކުއްޖެއް ކަމަށާއި އެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ބޭސްތަކެއް ކައިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދިޔައީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ އަކީ މާލެއިން އެރަށުގެ އަމާން ވެއްޓަށް ދާދި ފަހުން ބަދަލުކޮށް ކަރަންޓީނުގައި ހުރި ކުއްޖެކެވެ.
މި ކުއްޖާ ކެއީ ކިހާ އަދަދެއްގެ ބޭހެއް ކަން އަދި އެނގިފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު