ކ. މާފުށީ ޖަލުގެ ގައިދީއެއްގެ ގަޔަށް ހޫނުފެން ޖަހައި، ގައިދީންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފިއެވެ.

މާފުށީ ޖަލުގައި އެފަދަ ހާދިސާއެއް ހިނގިކަން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހުމަދު ނަސީމް ވެސް ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އެކަމާ ގުޅޭ މައުލޫމާތުދެއްވަމުން ނަސީމް މިއަދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު މާފުށީ ޖަލުގެ ގައިދީއެއްގެ ގަޔަށް، ޖަލުގައި އުޅޭ އެހެން ގައިދީއަކު ހޫނު ފެން ޖަހާފައިވާ ކަމަށެވެ. އަދި އަނިޔާވި ގައިދީއަށް މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުގައި މިހާރުވެސް ފަރުވާދެމުންގެންދާ ކަމަށް ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުންގެންދާ ކަމަށެވެ.