ކަލާފާނު ސްކޫލްގައި ދެ ދަރިވަރެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެއް ދަރިވަރަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އެނގިފައިވާ ގޮތުގައި ކަލާފާނު ސްކޫލްގައި ދެ ދަރިވަރެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ދަރިވަރެއްގެ ބޮލަށާއި ކަރަށް ވަނީ ކަތުރަކުން ހަމަލާދީ، ޒަހަމްކޮށްލައިފައެވެ. އެ ކުއްޖާއަށް މިހާރު އަންނަނީ އޭޑީކޭގައި ފަރުވާދެމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ މާލޭގެ ސުކޫލެއްގައި ދެ ކުއްޖެއްގެ މެދުގައި މާރާމާރީއެއް ހިނގައިފައިވާ ކަމަށް މިއަދު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ އިތުރު ތަފުސީލެއް ދީފައި ނުވާއިރު މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.