ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު މިއަދު ވިދާޅުވީ، ތިން ދުވަހު އެ ދަތުރުފުޅުގައި ކޮންމެ އަތޮޅަކުން ހަތަރު ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެގޮތުން ށ. އަތޮޅުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފުނަދޫ، ޅައިމަގު، ފޯކައިދޫ އަދި މާއުނގޫދޫއަށެވެ. ރ. އަތޮޅުން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ވާދޫ، އަލިފުށި، ރަސްގަތީމު އަދި އަނގޮޅިތީމަށެވެ.
ރައީސް ސޯލިހު މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ ތ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު