ރާއްޖޭގެ 7000 އާއިލާއެއްގެ ތެރެއަށް މަސްތުވާތަކެތި ވަދެއްޖެ ކަމަށާއި އެ ވަންނަނީ ބޮޑެތި ބޯޓުފަހަރުގައި ޓަނުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އުފެއްދުމުގައި އިސްކޮށް ހުންނެވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވަން ޕްލަސްގެ "ވަަން އެކްސްކްލޫސިވް" ޕްރޮގުރާމުގައި ރާއްޖޭގެ ރައީސްކަން ލިބިވަޑައިގެންފިނަމަ އެހެން ރައީސުން ނުކުރައްވާ، ނަމަވެސް އޭނާ ކުރައްވާނެ ކަމަކީ ކޮބައިތޯ ސުވާލުކުރުމުން އުމަރު ވިދާޅުވީ، ރާއްޖެއަކީ މަސްތުވާތަކެތިން ސަލާމަތް ކުރެވިފައި އޮތް އަމާން މުޖުތަމައަކަށް ބަދަލުކުރައްވާނެ ކަމަށެވެ.
"ދާދި ފަހުން އަޅުގަނޑުމެންކީ ހަބަރަކީ އެންމެ ފަހުން އައި އިރާނު ބޯޓުވެސް މިހަރު ސަލާމަތްވެއްޖެއޭ. އެމީހުންގެ މައްޗަށް ކުށް ސާބިތު ނުކުރެވިގެން އިނގޭތޯ. އެހެންމަ ރާއްޖެއަށް އެތަށް ޓަނަކުން އައިސް މަސްތުވާއެއްޗެހި އެތެރެކުރަނީ. ރާއްޖޭގެ އެތައް ބަޔަކު މަސްތުވާ އެއްޗެހީގައި ޖެހިއްޖެ. 7000 އާއިލާއެއްގެ ތެރެއަށް މަސްތުވާއެއްޗެހި ވަދެއްޖެ،" އުމަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މަސްތުވާތަކެތި ރާއްޖެއަށް މިހާރު އެތެރެ ކުރަނީ ކިލޯއިން އަދި ޓަނުން ކަމުގައިވީނަމަވެސް، އެއްވެސް ސިޔާސީ ޕާޓީއަކާއި ސިޔާސީ ލީޑަރަކަށް އެ މައްސަލަ ހައްލެއް ނުކުރެވުނު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު