ވުމެން އިން މެނޭޖްމަންޓް (ވިމް)ގެ ރާއްޖޭގެ ގޮފި، ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ދިވެހި އަންހެނުންނަށް ހާއްސަ ކޮށްގެން އިންތިޒާމުކުރާ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2021"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އެވޯޑަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 20ގެ ނިޔަލަށެވެ.

ވިމްއެމްވީގެ ރައީސާ މިންހާ ފާއިޒު ރަޝާދު (މިންނު) ވިދާޅުވީ ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ. އަދި އެ އެވޯޑަކީ ގައުމަށާއި މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ޝުކުރުވެރިކަމުގެ އިނާމެއް ކަމަށް ވިދާޅުވިއެވެ.

މިއީ ވިމްއިން މި އެވޯޑް ބާއްވާ ހަތަރުވަނަ އަހަރެވެ. މިއަހަރުގެ އެވޯޑުގައި ތަފާތު ހަތަރު ކެޓަގަރީއަކުން އެވޯޑް ދޭނެއެވެ. އެއީ ކެރިއާ އެވޯޑް ކެޓަގަރީ، ބިޒްނަސް އެވޯޑް ކެޓަގަރީ، ޕްރޮފެޝަނަލް ކެޓަގަރީ، ސްޕެޝަލް އެވޯޑް ކެޓަގަރީއެވެ.

ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް ލިބޭ ފަރާތްތަކަށް ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސްއަށް ނޮމިނޭޓްވެ އެވޯޑު ލިބުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސޮށްފައިވާ ފޯމު ފުރުން ވިމްއިން އެދެއެވެ.

ވިމް އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ރާއްޖޭގެ ޗެޕްޓަރު ހުޅުވީ 2017 ސެޕްޓެމްބަރުގައެވެ. ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://docs.google.com/document/d/1nWvrRJ0tfUMeNB0BDs1oZ8BG5-VKqsjc/edit?usp=embed_facebook&usp=embed_facebook

https://docs.google.com/document/d/1nWvrRJ0tfUMeNB0BDs1oZ8BG5-VKqsjc/edit