ގިނަ ފެން ލީކު ތަކަކީ އަމިއްލައަށް ހައްލު ކުރެވޭނެ ކަންތައްތައް ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފިއެވެ.

ގޭގައި ފެން ލީކު ވާނެ ގޮތް ބެލުމަށް ހުރިހާތަނެއް ބަންދު ކުރުމަށްފަހު މީޓަރު ހިނގައިތޯ ބެލުމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ އެދިފައެވެ. އޭގެ އިތުރުން ހުރިހާ ހޮޅިތަކާއި ޖޮއިންޓް ތަކުން ފެން ލީކު ވޭތޯ ބެލުމަށް ފަހު، ފެން ލީކުވާ އަޑު އިވޭތޯ ބެލުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

އެމްޑަބްލިޔުއެސްސީ އިން އިތުރަށް ބުނީ ފެން އިސްރާފު ވުން ހުއްޓުވުމަށް ޓަކައި ފެން ލީކުތައް މަރާމާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.