ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ މިއަދު އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، އެއާޕޯޓުގެ އޭވިއޭޝަން ކޮމާންޑާ ގުޅިގެން އަތުލައިގެން މިޔަރު އުރަހަތައް ހުރީ 14 ފޮއްޓެއްގައި ބަންދުކޮށްފައި ކަމަށެވެ. އަދި އެތަކެތީގެ ބަރުދަނުގައި 243 ކިލޯ އެބަހުރި ކަމަށް ބުންޏެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި، އަތުލައިގެން މިޔަރު އުރަހަތައް ރާއްޖެއިން ބޭރުކުރަން އުޅެފައި ވަނީ ލޮނު މަހުގެ ގޮތުގައެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުވެސް 21 ފޮއްޓެއްގައި ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ވަނީ އަތުލައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު