ކަސްޓަމްސްގެ ވާޗުއަލް މެޝިނަކަށް މައްސަލަ ޖެހި ބައެއް ޑާޓާތައް ގެއްލުނު ނަމަވެސް މުހިންމު އެއްވެސް ލިޔެކިޔުމެއް ގެއްލިފައި ނުވާ ކަމަށް ބުނެފިއެވެ.
ކަސްޓަމްސް އިން އެހެން ބުނެފައިވަނީ، އެ މުއައްސަސާގެ ހުރިހާ ޑާޓާތަކެއް ފުހެވިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ބުނަމުން ދިއުމުންނެވެ.
އެކަމާ ގުޅިގެން ކަސްޓަމްސް އިން މިއަދު ބުނީ، އެ މުއައްސަސާގެ ވާޗުއަލް މެޝިނެއް ކްރޭޝްވެ ބައެއް ލޯކަލް ވޯކިން ފައިލުތައް ގެއްލިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މެޝިން ރިކަވާ ކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން މުހިންމު އެއްވެސް ޑާޓާއަކަށް އަދި ފައިލަކަށް ގެއްލުނު ވެފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ވާޗުއަލް މެޝިން ކްރޭޝްވުމުގެ ސަބަބުން ގެއްލުނު ފައިލުތައް ވެސް ރިކަވާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ކަސްޓަމްސްގެ އެއްވެސް މަސައްކަތަކަށް އަދި ދެމުން އަންނަ ހިދުމަތަކަށް ވެސް ބުރޫއަރާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު