އިނާޔާއަށް ވުރެ ތައިމޫރު މާ ލޯބިކަމަށް ބުނުމުން ބޮޑުދައިތަ ސަބާ އަލީ ހާން ރައްދު ދީފިއެވެ.
ސައިފް އަދި ސޯހާ އަލީ ހާންގެ ދައްތަ ސަބާ އަލީ ހާން ވަނީ ސޯހާގެ ދަރިފުޅު އިނާޔާގެ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.
ސަބާ ހިއްސާކުރި އިނާޔާގެ ފޮޓޯއަށް މީހަކު ކޮމެންޓްކޮށް ބުނެފައިވަނީ އިނާޔާ މައުސޫމު ކަމަށާއި ނަމަވެސް މުޅި ދުނިޔެއިންވެސް އެންމެ ލޯބި ކުއްޖަކީ ތައިމޫރު ކަމަށެވެ. އޭގެ ރައްދުގައި ސަބާ ބުނެފައިވަނީ ދެކުދީންވެސް ލޯބި ކަމަށާއި އަދި ހުރިހާ ކުދިންނަކީވެސް މައުސޫމު ކުދީން ކަމަށެވެ.
ސައިފް އަލީ ހާން އަދި ކަރީނާގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާން އަކީ މީޑިއާގެ ސަމާލުކަން ހޯދަމުން އަންނަ ކުއްޖެކެވެ. ތައިމޫރަށް ލިބެމުން އަންނަ ސަމާލުކަމުގެ ސަބަބުން ހަގު ދަރިފުޅުގެ ފޮޓޯތައް މާބޮޑަށް މީޑިއާގައި މިދެތަރިން ހިއްސާކޮށްފައެއް ނުވެއެވެ.
ސަބާ އަށް ބޮޑުދައިތަ ކިޔާ ހުރިހާ ކުދިންގެ ފޮޓޯތައް އާއްމުކޮށް އޭނާގެ އިންސްޓަގްރާމަށް ލައެވެ. މިދިޔަ މަހު ސަބާ ހިއްސާ ކުރި ސާރާ އަލީ ހާންގެ ކުޑައިރުގެ ފޮޓޯއެއްގައި އެހެން ބައެއްގެ ވޯޓާމާކް ޖަހައި ބޭނުން ކުރި މައްސަލައިގައި އޭނާ ވަނީ ނުރުހުން ފާޅުކޮށް ވާހަކަދައްކައިފައެވެ. އަދި އެއަށްފަހު ސަބާ ހިއްސާކުރާ އާއިލާ ކުދީންގެ ފޮޓޯތަކުގައި ސަބާ އަންނަނީ ވޯޓާމާކެއް ވެސް ބޭނުންކުރަމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން