ސަލްޓަންޕާކާއި، ލޮނުޒިޔާރަތްޕާކުގައި ހަދާފައި ހުރި މަސްފެންގަނޑުތައް ބަލަހައްޓާނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާން ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކުގައި ގާއިމު ކޮށްފައިވާ މަސްފެންގަނޑުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ހިންގާ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މި އިއުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނީ، ކަނޑައެޅިފައިވާ ވަގުތުގައި ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އެހެން ކަމުން މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ހެނދުނު 11:00ގައި މާލެސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި އޮންނަ މައުލޫމާތު ސެޝަނަށް އައިސް މައުލޫމާތު ސާފު ކުރުމަށް އެދޭ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އެތަނަށް އައިސް ފޯމު ހުށަހެޅުމަށްވެސް ވަނީ އެދިފަ އެވެ.