އިންގްލެންޑާއި އިޓަލީ މިރޭ ޔޫރޯ 2020 ގެ ފައިނަލަށް ނުކުންނާނެއެވެ. މިއީ ޔޫރޯ ފުޓުބޯޅަ ތާރީހުގައި ކުޅޭނެ 16 ވަނަ ފައިނަލެވެ. ފައިނަލަށް ކުރެވެމުން އަންނަ އިންތިޒާރު ބޮޑެވެ. އިންގްލެންޑުން އެގައުމުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޔޫރޯ ފައިނަލަކަށް ނުކުންނައިރު، އިޓަލީން ނުކުންނަނީ 1968 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ. 2000 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ފައިނަލްތަކުން އިޓަލީ ބަލިވި ނަމަވެސް މިރޭ އަނެއްކާވެސް ރަން މެޑަލް އަޅައިލުމަށް އެޓީމަށް ފުރުސަތު ލިބޭނެއެވެ. މެޗަށް ދެޓީމު ނުކުންނާނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްއަށެވެ.

ޔޫރޯ ފުރަތަމަ މުބާރާތް ބޭއްވުނީ ފަރަންސޭސި ވިލާތުގައެވެ. އެއިރު މުބާރާތުގެ ނަމަކީ "ޔޫރަޕިއަން ނޭޝަންސް ކަޕް" އެވެ. މުބާރާތުގެ ނަން "ޔުއެފާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް" އަށް ބަދަލު ކުރެވުނީ 1968 ގައެވެ. މިހައިތަނަށް ޔޫރޯގެ 15 މުބާރާތް ބޭއްވިފައި ވާ އިރު، އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ޖަރުމަނާއި ސްޕެއިނެވެ. މިއިން ކޮންމެ ގައުމެއް ވެސް ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ. ޔޫރޯގެ ދެވަނައަށް އެންމެ ކާމިޔާބު ޓީމަކީ ދެ ތަށްޓާ އެކު ފަރަންސޭސި ވިލާތެވެ. ސޮވިއެޓް ޔޫނިއަނާއި، އިޓަލީ އާއި، ޗެކޮސްލޮވޭކިޔާ އާއި، ހޮލެންޑާއި، ޑެންމާކާއި، ގްރީސާއި، ޕޯޗުގަލް ވަނީ ކޮންމެ ޓީމެއް ވެސް އެއް ފަހަރު މުބާރާތުގެ ތަށި އުފުލައިލައިފައެވެ. އެ ޓީމުތަކުގެ ފައިނަލްތަކަށް ބަލައި، އަދަދުތަކަށް ނަޒަރު ހިންގާލުން މުހިއްމެވެ.

ފައިނަލެއްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާ:

ސްޕެއިން 4-0 އިޓަލީ (2012)

އެންމެ ގިނަ ގޯލް ފެނުނު ފައިނަލް:

ޗެކޮސްލޮވޭކިއާ 2-2 ވެސްޓް ޖަރުމަން (1976)

ސްޕެއިން 4-0 އިޓަލީ (2012)

އެންމެ ގިނަ ސަޕޯޓަރުންނާއެކު ކުޅުނު ފައިނަލް:

ސްޕެއިން 2-1 ސޯވިއެޓް ޔޫނިއަން (1964)، ސްޕެއިންގެ މެޑްރިޑްގައި ކުޅުނު އެ ފައިނަލަށް ވަނީ 79،115 މީހުން ދަނޑަށް ވަދެފައި.

އެންމެ ގިނައިން މުބާރާތް ކާމިޔާބުކުރި ގައުމުތައް: ޖަރުމަނު/ ސްޕެއިން - 3 ތަށި

ފައިނަލްތަކުގައި އެންމެ ގިނައިން ބަލިވި ގައުމުތައް: ޖަރުމަނު/ސޯވިއެޓް ޔޫނިއަން - 3 ފައިނަލެއްގައި ދެ ގައުމުވެސް ބަލިވި

ފައިނަލްތަކުގައި އެންމެ ގިނައިން ކުޅެފައިވާ ކުޅުންތެރިން: ޔޫރޯގެ ދެ ފައިނަލެއްގައި ކުޅެފައިވާ 38 ކުޅުންތެރިޔަކު އެބަ ތިއްބެވެ. އޭގެ ތެރެއިން އެންމެ ދިގު މެދު ކެނޑުމަކަށްފަހު ދެ ފައިނަލެއްގައި ކުޅެފައި ވަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ 2004 ވަނަ އަހަރު ފައިނަލްގައި ކުޅުމަށްފަހު، 12 އަހަރު ފަހުން 2016 ވަނަ އަހަރު ފައިނަލްގައި ކުޅެފައެވެ. މިރޭ އިންގްލެންޑާ ދެކޮޅަށް ލިއެނާޑޯ ބޮނޫޗީއާއި ޖޯޖިއޯ ކިއެލީނީ ކުޅެފިނަމަ، އެ ދެކުޅުންތެރިންވެސް ވަނީ ދެފައިނަލްގައި ކުޅެފައިވާ ދެކުޅުންތެރިންނަށެވެ. މީގެ ކުރިން އިޓަލީގެ އެ ދެ ޑިފެންޑަރަކުވެސް ވަނީ 2012 ވަނަ އަހަރު ސްޕެއިންއާ ދެކޮޅަށް ފައިނަލްގައި ކުޅެފައެވެ.

ފައިނަލްތަކުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިން:

އޮލިވިއާ ބިއެރޮފް (ޖަރުމަނު)

ހޯސްޓް ރުބެޗް (ވެސްޓް ޖަރުމަނު)

ގާޑު މުލާ (ވެސްޓް ޖަރުމަނު)

ފެނާންޑޯ ޓޮރޭސް (ސްޕެއިން)

* މީގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ޔޫރޯގެ ފައިނަލްތަކުގައި ދެ ގޯލު ޖަހައިފައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ޔޫރޯ ހޯދި ހަމައެކަނި ތަރިއަކީ ޖަރުމަނުގެ ބާޓީ ވޮގްޓްސްއެވެ. އޭނާ ވަނީ 1972 ވަނަ އަހަރު ވެސްޓް ޖަރުމަނަށް ކުޅެ ތަށި އުފުލާލައި، 1996 ޖަރުމަނުގެ ކޯޗެއްގެ ގޮތުގައި ތަށި އުފުލާލައިފައެވެ.

އެންމެ ގިނަ ފައިނަލް ކުޅުނު ގައުމުތައް:

ޖަރުމަނު/ ވެސްޓް ޖަރުމަނު: 6 ފައިނަލް (3 ފައިނަލުން ބަލި، 3 ފައިނަލުން މޮޅު)

ސްޕެއިން: 4 ފައިނަލް (3 ފައިނަލުން މޮޅު، 1 ފައިނަލުން ބަލި)

އިޓަލީ: 3 ފައިނަލް (1 ފައިނަލުން މޮޅު، ދެ ފައިނަލުން ބަލި/ މިރޭގެ ފައިނަލާއެކު އިޓަލީއަށް އިތުރު ފައިނަލެއް ލިބޭނެ)

ސޯވިއެޓް ޔޫނިއަން: 4 ފައިނަލް (1 ފައިނަލުން މޮޅު، 3 ފައިނަލުން ބަލި)

ފްރާންސް: 3 ފައިނަލް (2 ފައިނަލުން މޮޅު، 1 ފައިނަލުން ބަލި)

ޗެކު ރިޕަބްލިކް/ ޗެކޮސްލޮވޭކިއާ: 2 ފައިނަލް (1 ފައިނަލުން މޮޅު، 1 ފައިނަލުން ބަލި)

ޕޯޗުގަލް: 2 ފައިނަލް (1 ފައިނަލުން ބަލި، 1 ފައިނަލުން މޮޅު)

ޔޫގޯސްލާވިއާ: 2 ފައިނަލް (2 ފައިނަލުން ބަލި)

ޑެންމާކު: 1 ފައިނަލުން މޮޅު

ގްރީސް: 1 ފައިނަލުން މޮޅު

ނެދަލޭންޑްސް: 1 ފައިނަލުން މޮޅު

އިންގްލެންޑް: (ނަތީޖާ އެނގޭނީ މިރޭގެ ފައިނަލުން)

ބެލްޖިއަމް: 1 ފައިނަލުން ބަލި

16 ޓީމަށް ޔޫރޯގެ ފޯމެޓް ބަދަލުކުރިފަހުން މިހާތަނަށް ޖެހިޖެހިގެން ދެ ފައިނަލްގައި ކުޅުނީ އެންމެ ޓީމެކެވެ. އެއީ ސްޕެއިންއެވެ. އަދި ސްޕެއިންއަކީ ޔޫރޯގެ ތަށި ދިފާއުކުރި ހަމައެކަނި ޓީމުވެސް މެއެވެ. ފޯމެޓް ބަދަލުވުމުގެ ކުރިން ސޯވިއެޓް ޔޫނިއަން އާއި ވެސްޓް ޖަރުމަނުން ޖެހިޖެހިގެން ދެ ފައިނަލަށް ދިޔަ ނަމަވެސް، ސްޕެއިންއާ ހިލާފަށް އެ ދެގައުމުވެސް ވަނީ ފައިނަލްގައި ބަލިވެފައެވެ.

ފުރަތަމަ ފަހަރަށް މުބާރާތަށް ގޮސް ފައިނަލް ކުޅުނު ޓީމުތައް:

ވެސްޓް ޖަރުމަނު (1972)

ޔޫގޯސްލާވިއާ (1968)

ސްޕެއިން (1964)

އިތުރު ވަގުތު:

މިހާތަނަށް ޔޫރޯގައި ކުޅުނު 15 ފައިނަލްގެ ތެރެއިން ހަ ފައިނަލެއްގައި ވަނީ ފުރިހަމަ ވަގުތުގެ ފަހުން އިތުރު ވަގުތު ކުޅެން ޖެހިފައެވެ.

ސްޓޭންޑާޑް އިތުރު ވަގުތު ކުޅެގެން ނިމިފައި ވަނީ ދެ ފައިނަލެކެވެ. އެއީ 1960 ވަނަ އަހަރު ސޯވިއެޓް ޔޫނިއަންއާއި ޔޫގޯ ސްލާވިއާ ކުޅުނު ފައިނަލާއި 2016 ވަނަ އަހަރު ފްރާންސްގާއި ޕޯޗުގަލް ކުޅުނު ފައިނަލެވެ. 1960 ވަނަ އަހަރު ފައިނަލް ސޯވިއެޓް ޔޫނިއަންއިން 2-1 އިން ކާމިޔާބުކުރިއިރު، 2016 ވަނަ އަހަރު ޕޯޗުގަލް ތަށި ނެގީ 1-0 އިން ފްރާންސް ބަލިކޮށްފައެވެ.

މުބާރާތުގައި މިހައިތަނަށް ކުޅުނު ފައިނަލްތަކަށް ބަލާއިރު، ރަން ގޯލު ޖަހައިގެން ނިމިފައި ވަނީވެސް ދެ ފައިނަލެކެވެ. އެއީ 1996 ވަނަ އަހަރު ޖަރުމަނާއި ޗެކު ރިޕަބްލިކް ކުޅުނު ފައިނަލާއި، 2000 ވަނަ އަހަރު ފްރާންސާއި އިޓަލީ ކުޅުނު ފައިނަލް މެޗެވެ. ޖަރުމަނު ކުޅުނު މެޗު 2-1 އިން އެޓީމު ކާމިޔާބުކުރިއިރު، ފްރާންސުން ރަން ގޯލް ޖަހައި އިޓަލީ ރޮއްވާލީ 2-1 ގެ ނަތީޖާއަކުންނެވެ.

މިހައިތަނަށް ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހިފައި ވަނީ އެންމެ ފައިނަލެއްގައެވެ. އެއީ ޗެކު ރިޕަބްލިކާއި ވެސްޓް ޖަރުމަނު 1976 ވަނަ އަހަރު ކުޅުނު ފައިނަލެވެ. އެ މެޗު 1-1 އިން އެއްވަރު ޕެނަލްޓީއަށް ގޮސްފައިވާއިރު، ޗެކުން ޕެނަލްޓީ ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ. ކުރީގެ ގަވާއިދުތަކަށް ބަލާއިރު، 1968 ވަނަ އަހަރު އިޓަލީން މުބާރާތް ކާމިޔާބުކުރީ ފައިނަލްގެ ރިޕްލޭއެއް ކުޅެގެންނެވެ. ފުރަތަމަ މެޗު 1-1 އިން އެއްވަރުވުމުން ކުޅުނު ރިޕްލޭ މެޗުގައި އިޓަލީން ޔޫގޯސްލާވިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ހޯސްޓުންގެ ގޮތުގައި ފައިނަލް ކުޅުނު ޓީމުތައް:

1964 ސްޕެއިން (ސްޕެއިން 2-1 ސޯވިއެޓް ޔޫނިއަން)

1968 އިޓަލީ (އިޓަލީ 2-0 ޔޫގޯސްލާވިއާ، ރިޕްލޭ)

1984 ފްރާންސް (ފްރާންސް 2-0 ސްޕެއިން)

2004 ޕޯޗުގަލް (ޕޯޗުގަލް 0-1 ގްރީސް)

2016 ފްރާންސް (ފްރާންސް 0-1 ޕޯޗުގަލް)

2020 އިންގްލެންޑް (ނަތީޖާ އެނގޭނީ މިރޭގެ މެޗުން)