ކަރީނާގެ ދެވަނަ ދަރިފުޅަށް އެންމެފަހުން ނަން ކިޔައިފިއެވެ.
ކަރީނާ ކަޕޫރު ހާން އަދި ސައިފް އަލީ ހާންގެ ދެވަނަ ދަރިފުޅަށް ނަން ކީ ހަބަރު ވަނީ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިފަ އެވެ.
ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު ބުނެފައިވަނީ ކަރީނާގެ ދަރިފުޅަށް ޖޭ ގެ ނަމުން ނަން ކިޔާފައިވާ ކަމަށާއި، ކިޔާނެ ނަމެއް ކަނޑައެޅުނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ.
2012 ވަނަ އަހަރު ކައިވެނީގެ ގޮތުން ގުޅިފައިވާ ފިލްމީ ދެތަރި، ސައިފް އަލީ ހާން އަދި ކަރީނާ ކަޕޫރު ހާންގެ ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ހާނަށް ލިބެމުންދާ މީޑިއާގެ ސަމާލުކަމުގެ ސަބަބުން، ދެވަނަ ދަރިފުޅު ގެންގުޅެނީ މީޑިއާގެ ލޯތަކަށް ވަރަށް ބޮޑަށް ފޮރުވައިގެންނެވެ.
ފެބުރުއަރީ މަހު ލިބުނު ދެވަނަ ފިރިހެން ދަރިފުޅުގެ ފޮޓޯއެއް މިހާތަނަށް ހިއްސާކޮށްފައިވެސް ވަނީ މިދިޔަ މޭ މަހުގެ މަންމައިންގެ ދުވަހުއެވެ. ތައިމޫރު އަލީ ހާން އޭނާގެ ކޮއްކޮ އުރާލައިގެން ހުރި ފޮޓޯއަކާއެކު މަންމައިންގެ ދުވަހުގެ ހާއްސަ މެސެޖެއް ކަރީނާ ވަނީ އެދުވަހު އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ.
ކަރީނާ އަންނަނީ އޭނާގެ މާބަނޑު ދުވަސްވަރުގެ ވާހަކަތައް އެކުލަވާލައި ފޮތެއް ނެރުމަށްވެސް ތައްޔާރުވަމުންނެވެ. ''ޕްރެގްނެންސީ ބައިބަލް''ގެ ނަމުގައި އޭނާ ލިޔެފައިވާ ފޮތަކީ މާބަނޑު ދުވަސްވަރު ތަހައްމަލުކުރި ކަންކަމާއި ދިމާވި ރަނގަޅު ކަންކަމުގެ ވާހަކަތަކުގެ މައްޗަށް ލިޔެފައިވާ ފޮތެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން