ލ. މާމެންދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ތިބި ދެ ބިދޭސީއެއްގެ ދެމެދު ހިންގި މާރާމާރީއެއްގައި ދެމީހުންވެސް ޒަހަމްވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު ހެނދުނު 6:42ގައި ރިޕޯޓް ކުރި އެ ހާދިސާގައި މާރާމާރީ ހިންގި ދެ މީހުންނަށްވެސް މިވަގުތު މާމެންދޫ ސިއްހީ މަރުކަޒުން ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.
އެ ރަށު ސިއްހީ މަރުކަޒު މެނޭޖަރު މިސްބާހު އަބޫބަކުރު 'ވަން' އަށް މިއަދު ވިދާޅުވީ، އަނިޔާވެގެން ގެނައި ދެ ބިދޭސީންގެ ތެރެއިން އެކެއްގެ ކަރުގައި ވަޅި އަޅާފައިވާ ކަމަށާއި އެ ތަނުގައި ފުން ޒަހަމެއް ހުރި ކަމަށެވެ. އަދި އަނެއް ބިދޭސީ މީހާގެ ހަށިގަނޑުގައި ބައެއް ތަންތަން ދުޅަވެފައި ހުރި އިރު ކޮންމެވެސް ވަރަކަށް ޒަހަމްތަކެއް ފެންނަން ހުރި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ފުލުހުން ބުނެފައިވަނީ އަނިޔާވެފައިވާ ދެ ބިދޭސީންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު