އިންޑިއާގެ ސަރަހައްދެއްގެ ގޮތުގައި ހުންނަ ލަކްޝަދީބުގައި ގެނބެމުންދިޔަ އާއިލާއެއް ސަލާމަތް ކުރި ދިވެހި ދެ ފުލުހުންގެ އަގު ވަޒަންކޮށްފިއެވެ.

ފުލުހުން ބުނީ ކުޑަ ދެ ކުދިން ހިމެނޭ ހަތަރު މީހުންގެ އެ އާއިލާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވީ އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގައި އައިޕީއެސް ތަމްރީނު ފުރިހަމަ ކުރަމުންދާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު އަބްދުލް އަޒީޒު އާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ނާޒިމު ކަމަށެވެ.

ދިވެހި ފުލުހުންގެ ފަރާތުން އެ ދެ ފުލުހުންގެ ހިތްވަރު ފާހަގަކޮށްފައިވާ އިރު، އެމީހުން ތަމްރީނު ހަދަމުން ދިޔަ ސަރުދަރު ވައްލާބީ ނޭޝަނަލް ޕޮލިސް އެކެޑަމީންވެސް ވަނީ އެ ދެ ދިވެހި ފުލުހުންގެ ހިތްވަރާއި އަގު ވަޒަން ކޮށްފައެވެ.