މ. މަޑުއްވަރީއަށް ވަރަށް ބޮޑަށް އުދަ އަރައި އެ ރަށަށް ގެއްލުންތަކެއް ވެއްޖެއެވެ.
މަޑުއްވަރީ ކައުންސިލުގެ މެންބަރު އިބްރާހިމް ނިޝާމް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށަކީ ޒަމާނުއްސުރެ އިރުވައި މޫސުމުގައި އުދަ އަރާ ރަށެއް ކަމަށެވެ. ނަމަވެސް އިއްޔެއާ މިއަދު އާދަޔާ ހިލާފަށް ގިނައިން އެ ރަށަށް އުދަ އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޝާމް ވިދާޅުވީ، އިއްޔެ އެރަށުގެ ބިމުގެ 50 އިންސައްތައަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށާއި މިއަދު އެރަށަށް އެރި އުދައިގެ އަސަރު ބިމުގެ 70 އިންސައްތައަށް ކޮށްފައިވާ ކަމަށެވެ.
"ރަށުގެ 70 އިންސައްތައަށް މިވަނީ އުދައިގެ އަސަރުކޮށްފައި. ގާތްގަނޑަކަށް ދެ ފޫޓު އުސްމިނަށް އެބަހުރި އުދަ އަރާފައި،" ނިޝާމް ވިދާޅުވިއެވެ.
ނިޝާމް އިތުރަށް ވިދާޅުވީ، އުދައިގެ ސަބަބުން އެއްވެސް ގެއަކަށް ގެއްލުން ލިބިގެން އެކަމުގެ ޝަކުވާ ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ރަށުގެ ގިނަ ގެތަކުގެ ވަޅުތައް ލޮނުވެފައިވާ ކަމަށާއި ބަނދަރަށްވެސް ގެއްލުންތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޑުއްވަރީއަށް އުދަ އަރައި ގެއްލުންތަކެއް ވެފައިވާ އިރު، އެރަށު ކައުންސިލާއި ދިއްގަރު ސްޓޭޝަންގެ ފުލުހުން ގުޅިގެން މިހާރު އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު