ރ. ހުޅުދުއްފާރު ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ހަތަރު ކުދިން ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހުޅުދުއްފާރު ކައުންސިލުގެ ރައީސް އަލީ ޖާވިދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެރަށަށް މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ އެރަށު ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ތިން ދަރިވަރަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޭ ލެވެލްގައި ކިޔަވަމުން އަންނަ އަންހެން ދެ ދަރިވަރަކާއި ދަށް ގްރޭޑެއްގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރެކެވެ.
ޖާވިދު ވިދާޅުވީ، މިމަހުގެ ހަތަރު ވަނަ ދުވަހުވެސް އެރަށުން ކޮވިޑަށް ކުއްޖަކު ޕޮޒިޓިވްވި ކަމަށެވެ. އެފަހަރު ޕޮޒިޓިވްވީ ގްރޭޑް ދިހައެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ. އެ ކުއްޖާއަކީ ޓްރެވެލް ހިސްޓޮރީއެއް އޮތް ކުއްޖެއް ނޫނެވެ.
"ފަހުން ޕޮޒިޓިވްވި ދަރިވަރަކާއި ކުރިން ޕޮޒިޓިވްވި ދަރިވަރަކާއި ބައްދަލުވެފައިވޭ،" ޖާވިދު ވިދާޅުވިއެވެ.
ޖާވިދު އިތުރަށް ވިދާޅުވީ، އެ ދަރިވަރުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ހުޅުދުއްފާރުގެ އިތުރުން 30 ރަށެއް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު