ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކުގެ ސިސްޓަމް އަޕްގްރޭޑް މަސައްކަތެއް ކުރުމަށް މާދަމާއަށް ރާވާފައިވާ ކަމަށާއި އެހެންކަމުން ވަގުތުކޮޅަކަށް ހިދުމަތް މެދުކެނޑިދާނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން ނެރުނު އިއުލާނެއްގައި ބުނީ ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކުގެ ސިސްޓަމް އަޕްގްރޭޑް މަސައްކަތެއް މާދަމާ 00:00 އިން ފެށިގެން 07:00 އަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
އެ ގަޑިތަކުގެ ތެރޭގައި ކަސްޓަމަރުންގެ ހިދުމަތް ދިހަ މިނެޓާއި 30 މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.
"ކަސްޓަމަރުންނަށް މި މަސައްކަތްކުރާ ވަގުތު ކުރިމަތިވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ. މި މަސައްކަތުގެ ތެރޭގައި އިތުރު މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ކަސްޓަމަރުންނަށް އެކަމާ ބެހޭ މައުލޫމާތު ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ. އަޅުގަނޑުމެން މި މަސައްކަތް ރާވާފައިވާނީ ވީހާވެސް ބޮޑަށް މި މަސައްކަތް ކުރާ ވަގުތު ކަސްޓަމަރުންގެ ހިދުމަތަށް ބުރޫ ނާރާނެ ގޮތަށެވެ..،" ދިރާގުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު