ދިރާގު ޕޭ ބޭނުންކޮށްގެން ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ސިސްޓަމެއް ކަމުގައިވާ ފިއެސް އައިޑީޒެޑް ލިންކް ގެންގުޅޭ ރީޓެއިލް ފިހާރަތަކަށް ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ.
ދިރާގުން ބުނީ ދިރާގު ޕޭ އިން ފިއެސް އައިޑީޒެޑް ލިންކާ އިންޓަގްރޭޓް ކޮށްފައިވާ ކަމަށާއި އެގޮތުން މިހާރު ދިރާގު ޕޭގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އައިޑީޒީ ލިންކް ގެންގުޅޭ ރީޓެއިލް ފިހާރަތަކުގައި ފައިސާ ދެއްކޭނެ ކަމަށެވެ.
ދިރާގު ޕޭ އިން ފިއެސްގެ ހިދުމަތްތައް ބޭނުންކުރާ ވިޔަފާރިތަކުގައި ވެސް ފައިސާ ދެއްކުމުން، ދިރާގު ޕޭ މެދުވެރިކޮށް ކަސްޓަމަރުގެ ފޯނަށް އޯޓީޕީއެއް ލިބޭނެއެވެ. އަދި އޯޓީޕީ ދިނުމުން ފައިސާ ދެއްކުނީއެވެ. އޮންލައިންކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވެސް މި ޕީއޯއެސް މެދުވެރިކޮށް ދިރާގު ޕޭ އިން ފައިސާ ދެއްކޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ފިއެސްގެ ޕީއޯއެސް މެދުވެރިކޮށް، ދިރާގުގެ ބިލް ދެއްކުމާއި ރީލޯޑް ވެސް ކުރެވޭނެއެވެ.
ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރު މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝަން ވިދާޅުވީ މި އިންޓެގްރޭޝަންގެ ސަބަބުން އައިޑީޒެޑް ލިންކް ބޭނުން ކުރާ ވިޔަފާރިތަކުން ފަސޭހަކަމާއި އިތުބާރާއެކު ދިރާގު ޕޭއިން ފައިސާ ބަލައިގަނެވޭނެ ކަމަށެވެ.
"ދިރާގު ޕޭ ކަސްޓަމަރުންނަށްވެސް ވިޔަފާރި ކުރެއްވުމަށް އިތުރަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ދިރާގު ޕޭ ވީހާވެސް ގިނަ މިފަދަ ޕްލެޓްފޯމްތަކުގައި ބޭނުން ކުރެވޭނެ މަގު ފަހި ކުރުން،" ނަހުޝަން ވިދާޅުވިއެވެ.
ފިއެސް ސިސްޓަމްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިކްރާމް ހަސަން ވިދާޅުވީ ދިރާގު ޕޭ ފަދަ ޒަމާނީ މޮބައިލް ޕޭގެ ހިދުމަތެއް އެ ކުންފުނީގެ ސިސްޓަމްގައި އިންޓެގްރޭޓް ވުމުން ކަސްޓަމަރުންނަށް ވިޔަފާރި ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އައިޑީޒެޑް ލިންކް އަކީ ފިހާރަތަކާ ކަސްޓަމަރުންނާއި ގުޅުވައިދީ، ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިލޭ އޮންލައިން ވިޔަފާރި އެޕްލިކޭޝަން އަދި ޑެލިވަރީ އެޕްލިކޭޝަން އެޅުމާއި ސެޓަޕް ހަދަން ބޭނުންކުރެވޭނެ ނިޒާމެއް. ފިއެސްގެ ސޮފްޓްވެއާތައް މެދުވެރިކޮށް ވިޔަފާރިތައް މުޅިން އޮޓޮމޭޓް ކުރެވޭނެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރާންޗުތައް ހުންނަ ވިޔަފާރިތަކަށް ވެސް ހެޑް އޮފީހުން އެ ބްރާންޗުތައް މި ނިޒާމުގެ ތެރެއިން ހިންގޭނެ،" އިކްރާމް ވިދާޅުވިއެވެ.
ފިއެސް އަކީ ރާއްޖޭގެ ސޮފްޓުވެއާގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ. ފިއެސްގެ ހިދުމަތްތައް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގައި މިހާރު ބޭނުންކުރެއެވެ. އޭގެ ތެރޭގައި އަގޯރާ، ސިމްޑީ ކޮމްޕެނީ، އެލިއާ އިންވެސްޓްމެންޓް، ނަލަހިޔާ ޓްރޭޑިން، ރިލެކްސް މޯލްޑިވްސް، ނޮލެޖް ބުކްޝޮޕް، ޗާންދަލިއާ ބުކްޝޮޕް، ޓެޕް ކޮންސްޓްރަކްޝަން، އެލް މޯބައިލް، ވެލިގާ ހާޑްވެއާ، މުނި އެންޓަޕްރައިސް، ޝީޝާ، ސީލިންކް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު