މަޝްހޫރު ކޮމެޑީ ސިލްސިލާ، ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ؟" ގެ މި ރޯދަ މަހުގެ ދެވަަނަ އެޕިސޯޑް މިރޭ 1030 ގައި ވަން މީޑިއާ ގުރޫޕްގެ ޑިޖިޓަލް ޓީވީ، "ވަން ޕްލަސް" އިން ދައްކަން ނިންމައިފިއެވެ.
މިރޭ މި ޕްރޮގްރާމް ދައްކާ އިރު، ޕްރޮގްރާމް ފެންނާނީ ވަން އޮންލައިންގެ ފޭސްބުކް ޕޭޖް" https://www.facebook.com/oneonlinemv އިންނެވެ.
ރާއްޖޭގެ އެއްވަނަ ކޮމެޑިއަން ޔޫސުފް ރަފީއު (ޔޫސޭ)ގެ ރޯދަ މަހަށް ހާއްސަ ޑްރާމާ 'ދިރިއުޅުމަކީ މިއީބާ؟' މި ރޯދަ މަހު "ވަން ޕްލަސް" އިން ދެއްކުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހުއެވެ.
ދިރިއުޅުމަކީ މިއީބާގެ މުޅިން އާ ހަތަރު އެޕިސޯޑެއް ގެނެސްދިނުމުގެ އިތުރުން ކުރީގެ ބައެއް އެޕިސޯޑުތައްވެސް މި ރޯދަމަހު ގެނެސްދިނުމަށް ވަން ޕްލަސް އިން ވަނީ ނިންމައިފައެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވަން އޮންލައިން އާ ވާހަކަ ދައްކަވަމުން ޔޫސޭ ބުނީ، ދިރިއުޅުމަކީ މިއީބާ އަށް 40 އަހަރު ވެފައިވާ އިރު މިފަހަރުގެ އެޕިސޯޑުތައްވެސް މީގެ ކުރިން ގެނެސްދީފައިވާ ގޮތަށް ރައްޔިތުން ބަލާހިތްވާ އަދި ރައްޔިތުންގެ ދިރިއުޅުމާ ގުޅޭ ގޮތަށް ގެނެސްދޭނެ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަސްވީ ޑްރާމާގެ ރެކޯޑް "ދިރިއުޅުމަކީ މިއީބާ" އަށް އޮތް އިރު، އެއީ ސިޔާސީ، އިޖުތިމާއީ އަދި ކޮމެޑީ ކުލަތަކާއެކު ދައްކާ އުފެއްދުމަކަށްވާ އިރު މިއަހަރުވެސް މި ހުރިހާ ރަހައެއް އެކުލެވޭ، ބެލުންތެރިންނަށް ކަމުދާނެ ފަދަ އެޕިސޯޑުތަކެއް ގެނެސްދޭނެ ކަމަށް ޔޫސޭ ބުނެފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު