ދިރާގުން މި ރަމަޟާން މަހުގައި އާއިލާ އާއި ރައްޓެހިންނާ ގުޅައިދީ އަދި މި މާތް މަހު ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
އެގޮތުން މިމަހު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެންމެ 45 ރުފިޔާއަށް ރޯދަ 10 ޖީބީގެ އެފްބީބީ ޑޭޓާ ބޫސްޓާ އެކްޓިވޭޓް ކުރެވޭނެއެވެ. މި ބޫސްޓާ އެކްޓިވޭޓް ކުރުމުން މަސް ނިމެންދެން ބޭނުން ކުރެވޭނެއެވެ. އަދި ހަމައެއާއެކު، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ރޯދަ 3.5 ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ރޯދަ 7 ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެވޭނެއެވެ. މި ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެއެވެ. ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސް ކޮށްގެން ވާނެއެވެ.
ދިރާގުން ވަނީ މި މާތް މައްސަރުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކަސްޓަމަރުން ދިރާގުގެ ރޯދަ ޑޭޓާ ބޫސްޓާސް އަދި ބަންޑަލްތައް ގަނެގެން ކުރާ ހަރަދުގެ 10 އިންސައްތަ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރަން ނިންމައިފައެވެ.
ވޭތުވެދިޔަ އަހަރުތަކާ އެއްފަދައިން މިއަހަރުވެސް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ. ދިރާގު ޕޭ އެޕް ނުވަތަ ދިރާގު ވެބްސައިޓުގެ (https://bit.ly/3a1yQDI) މި ލިންކަށް ވަދެގެން ފިތުރު ޒަކާތް ދެއްކޭނެއެވެ. ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން #5*454* އަށް ގުޅައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ.
ދިރާގުން މަސައްކަތް ކުރުމުން އަންނަނީ މި މާތް މަހު ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު