ފަސް އަހަރަ ވަންދެން މުއާމަލާތެއް ނުކޮށް އިސްލާމިކް ބޭންކު (އެމްއައިބީ)ގައި ހުރި 5000 އަށް ވުރެ ގިނަ އެކައުންޓް އުވާލުމަށް މުހުލަތެއް އެ ބޭނުކުން ދީފި އެވެ.

އެމްއައިބީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ވިދިވިދިގެން ފަސް އަހަރު ވަންދެން އެކައުންޓުން އެއްވެސް މުއާމަލާތެއް ނުކޮށް އެ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާނަމަ، އެ އެކައުންޓަކީ ޑޯމެންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށެވެ.

[null](https://www.gazette.gov.mv/gazette/download/6058)

އެ ހުރިހާ ފަރާތްތަކަށް ވެސް ސިޓީއަކުން އެކަން އަންގާފައިވާކަން ފާހަގަކޮށް އެމްއައިބީން ބުނީ، އެ ފަރާތްތަކުން ޖަވާބެއް ނުލިބެއްޖެ ނަމަ ނަންތައް އާންމު ކުރުމަށްފަހު 60 ދުވަސް ތެރޭގައި ޖަވާބެއް ނުލިބެއްޖެ ނަމަ އެކައުންޓުތައް އުވާލުމުގެ ގާނޫނީ ބާރު ލިބިގެންވާ ކަމަށެވެ. އަދި އެ އެކައުންޓުތަކުގައި ހުރި ފައިސާ ހަވާލު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެވެ.

އެހެން ކަމުން އެ އެކައުންޓުތަކުގެ ވެރި ފަރާތްތަކުން ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އަލުން އެކައުންޓް އެކްޓިވޭޓް ކުރުމަށް އެމްއައިބީން ވަނީ އެދިފަ އެވެ. އެކައުންޓް އެކްޓިވޭޓް ކުރުމަށްޓަކައި ބޭންކުގެ 'ކަސްޓަމަރ މައުލޫމާތު ފޯމް' ފުރުމަށްފަހު އެ ބޭންކުގެ ބްރާންޗަކަށް ނޫނީ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވެސް ވަނީ އެދިފަ އެވެ.

އެކައުންޓައް އުވާލައި އޭގައި ހުރި ފައިސާ މަރުކަޒީ ބޭންކް އެމްއެމްއޭއާ ހަވާލު ކުރުމުން ދެން އެ ފައިސާ ބޭނުން ނަމަ 'ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު' ފުރުމަށްފަހު އެމްއައިބީއަށް ހުށަހެޅުމުން އެ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށް ބޭންކިންނާ ބެހޭ ގާނޫނުގައި ވަނީ ބުނެފަ އެވެ.