ދިރާގު ޓީވީގެ ހިދުމަތް އއ. ތޮއްޑޫގައި ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
އއ. ތޮއްޑޫގައި ދިރާގު ޓީވީ ތައާރަފުކޮށްފައިވަނީ ދިރާގު ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕޮރޮމޯޝަނެއް ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިހާރު ކުރިއަށްދާ ހާއްސަ ޕޮރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މޭ މަހުގެ ނިޔަލަށެވެ.
މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި 20 ކަސްޓަމަރަކަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލައިލެވޭނެއެވެ.
ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ޓީވީގެ ހިދުމަތް ފުޅާކޮށް، ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީގެ މުނިފޫހިފިލުވުމުގެ ޕްރޮގުރާމްތައް ބަލައިލުމުގެ ފުރުސަތު ހޯދައިދިނުމަށެވެ. އަދި ޗެނަލްތައް އިތުރުކޮށް، ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަތޭކަ އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެ އާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.
ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި މިހާތަނަށް ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ދިރާގުޓީވީ ހިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ހިދުމަތް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ދިރާގު ޓީވީގެ ކޮންޓެންޓް ޓީވީ، ސްމާޓްފޯން އަދި ޓެބްލެޓް ތަކުންވެސް ބަލައިލެވޭނެއެވެ.
ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށެވެ.
ދިރާގު ޓީވީއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3sTbwiM
ޚަބަރު
ޚަބަރު
ޚަބަރު