މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ފަރުވާ ދޭ މަރުކަޒުތައް ގާއިމުކުރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފިއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) އިން، ފަރުވާދޭ މަރުކަޒުތައް ގާއިމުކޮށް ހިދުމަތްދިނުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ލިބިދީފައިވާތީ، ރިހެބިލިޓޭޝަން ސެންޓަރެއް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ އެޖެންސީން މައުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުން އެދޭ ކަމަށެވެ.
ޑްރަގް އެޖެންސީން ބުނީ، ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ހިޔާރުކުރާ ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކޮށް ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މީގެ އިތުރުން އެ އެޖެންސީން ބުނީ، މިހާރު ހިންގަމުން އަންނަ ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއް ހިންގުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށެވެ.
- ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ކ. ހިންމަފުށި)
- ހާފްވޭ ހައުސް (ހުޅުމާލެ)
- ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު (ފުވައްމުލަކު ސިޓީ)
- ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު (އައްޑޫ ސިޓީ ހިތަދޫ)
- ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު (ގދ. ތިނަދޫ)
- ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު (ހދ. ހަނިމާދޫ)
ޑްރަގް އެޖެންސީން ބުނީ، ރިހެލިބިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކުން އަންނަ މޭ މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެ އެޖެންސީއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު