ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތުރުތައް މެދުކަނޑާލި ސިންގަޕޯ އެއާލައިންސް އިން އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިއަދު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ، ސިންގަޕޯ އެއާލައިންސް އިން ހަފުތާއަކު ތިން ދަތުރު ރާއްޖެއަށް ކުރާނެ ކަމަށެވެ. އެ އެއާލައިންސްގެ ފްލައިޓުތައް ދަތުރުކުރަނީ ރާއްޖެ އާއި ސިންގަޕޫރުގެ ޗަންގިއާ ދެމެދު އެވެ.

ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވާ އިރު، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ކޮވިޑް ވެކްސިން ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން މިހާތަނަށް 30 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ވަނީ ފަށައިފަ އެވެ.