ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން 55 މޭލަށް ވައިގަދަވެދާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވުމުގެ އިތުރުން ވިއްސާރަވާނެ ކަމަށެވެ. އަދި މި ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އައްޑޫ ސިޓީ ގަމަށް 166 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށްވެސް މެޓުން ބުނެއެވެ.
މެޓް އޮފީހުން ވަނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާތީ މާދަމާއިން ފެށިގެން މޫސުން ރަނގަޅުވަމުން އަންނާނެ ކަމަށް ބުނެފައެވެ.
މެޓުން ބުނީ މޫސުން ކުރިއަށް ލަފާކުރެވޭ ގޮތުން މެދުރާއްޖެ ތެރެއާއި ދެކުނުގެ ރަށްތަކަށް ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ ދެ އަތޮޅު ހިމެނޭ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓުން ހާމަކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު