އދ. ފެންފުށީގެ ނަރުދަމާގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ފެންފުށީ ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް އާއެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މިއަދު އަޒްރޯވާއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރައި ޕާޓީ ނޮވޭޝަން އެެއްބަސްވުމެއްގެ ދަށުންނެވެ. އެއީ އެ މިނިސްޓްރީ އާއި ސްޓެލްކޯ އާއި އަދި އަޒްރޯވާ މޯލްޑިވްސްއާ އެކު އެވެ.
ފެންފުށީ ނަރުދަމާ މަޝްރޫއުގެ ތެރެއިން ބައެއް މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރުވެސް ވަނީ ނިމިފަ އެވެ. އެގޮތުން ރަށުގެ ސާވޭގެ މަސައްކަތާއި، އީއައިއޭގެ މަސައްކަތާއި، ޑިޒައިން މަސައްކަތާއި، އިދާރީ އޮފީހުގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ ބަޖެޓުން ޖުމްލަ 19.3 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭ ނިންމައި ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ފެންފުށީ ނަރުދަމާ ވިޔުގަ އެޅުމާއި، ނަރުދަމާ ޕަންޕް ސްޓޭޝަން ގާއިމުކުރުން ހިމެނެ އެވެ. އަދި މީގެ އިތުރަށް ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީހުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމާއި ގޭގެއަށް ނަރުދަމާ ގުޅައިދިނުން ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު