އެންމެ ދެކެން ބޭނުންވަނީ ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫނު އަބުދުލްގައްޔޫމުގެ ވިސްނުންފުޅާ ނުލައި، ރައީސް އޮފީސް ހންގޭނެ ދުވަހެއް ދެކެވަޑައިގަތުން ކަމަށް ރައީސް މައުމޫނު އުފެއްދެވި ޑީއާރުޕީގެ މިހާރުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖެޓީވީން މިއަދު ގެނެސްދިން ފަށާއިރު ޕްރޮރްރާމުގައި ބައިވެރިވެވަޑައިގެން، ކުރެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުންނެވެ.
ޖާބިރު ވިދާޅުވީ، ރައީސް މައުމޫނުގެ ދައުރު ސިޔާސީ ކަންކަމުގައި މިހާރު ފެނިއްޖެ ކަމަށެވެ. އަދި ރައީސް މައުމޫނު އިސްތިއުފާ ދެއްވަނީ ކޮން ދުވަހަކުންތޯ ވެސް ޖާބިރު ސުވާލު ކުރެއްވިއެވެ.
"މާދަމާ އިން ފެށިގެން ދެކެން ބޭނުންވަނީ، އެދުވަސް މިހާރު ފެނިއްޖެ، އެންމެ ބޮޑު ހުވަފެނަކީ މައުމޫނާ ނުލައި ރައީސް އޮފީސް ހިންގުން،" ޖާބިރު ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ ވެރިކަމުގެ 30 އަހަރަށްފަހު ވެސް އެކި ގޮތްގޮތުން އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ނުފޫޒާއެކު ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.
އެގޮތުން ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް ރައީސް މައުމޫނު ހުންނެވީ އެދެބޭފުޅުންގެ ގާތް ބޭފުޅެއްގެ ގޮތުގައެވެ. އޭގެފަހުން ޕީޕީއެމް އުފައްދަވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށް އެމަނިކުފާނު ބޮޑެތި މަސައްކަތްތަކެއް ކުރެއްވިއެވެ.
ނަމަވެސް ރައީސް ޔާމިންގެ ވެރިކަމުގެ ވަކި ހިސާބަކުން ޕީޕީއެމްގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމާއި ގުޅިގެން ރައީސް މައުމޫން ޕީޕީއެމުން ބޭރު ކުރެއްވުމުން، އޭރު އިދިކޮޅުގައި އޮތް ސިޔާސީ ޕާޓީތަކާއެކު އެމަނިކުފާނު މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. އަދި ފަހުން އެމަނިކުފާނު އިސްވެ ހުރެ އެމްއާރުއެމްގެ ނަމުގައި ވަނީ ސިޔާސީ ޕާޓީއެއް ވެސް އުފައްދަވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު