ފިޓްނަސް އިންސްޓްރެކްޓަރު އަދި މަޝްހޫރު މޮޑެލް ފާޒިލް އަހްމަދު (ފިޓް ފާޒިލް) ކައިވެނިކޮށްފި އެވެ.
ހަތް މަހެއްހާ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ފާޒިލް ކައިވެނި ކޮށްފައިވަނީ މިއަދު ފެމެލީ ކޯޓުގަ އެވެ.
ފާޒިލް ކައިވެނި ކުރި ޝުރުފާ ނަސީރު އަކީ ޕަބްލިކަށް އެނގޭ މީހަކަށް ނުވި ނަމަވެސް އެ ދެ މީހުންނަކީ މީގެ ކުރިން ވެސް ރަހުމަތްތެރި ދެ މީހުން ކަމަށް ފާޒިލް ބުންޏެވެ.
ފިޓްނަސް މޮޑެލެއް ގޮތުން މަޝްހޫރުވެފައިވާ ފާޒިލް މިއަދު ކައިވެނި ކުރި ނަމަވެސް ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނާއި ރައްޔިތުން އަމަލު ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިނަށް ތަބާވުމުގެ ގޮތުން މާބޮޑު ހަފުލާއެއް ނުބާއްވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ދެން މިކަންތައް މައިތިރިވެލީމަ (ކޮވިޑް-19) ދަތުރެއް ކޮށްލުން އޮތީ،" ވަންއާ ވާހަކަ ދައްކަމުން ފާޒިލް ބުންޏެވެ.
އަގުބޮޑު އިނާމުތަކަކާ އެކު މިދިޔަ އަހަރުގެ ޖޫން މަހު އޭނާ ހުޅުވާލި ގިވް އަވޭ އެއްގެ މައްސަލަ ހޫނުވެ ފަހުން އޭނާ ވަނީ އާންމުންގެ ފަރާތުން މައާފަށް ވެސް އެދިފަ އެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ 'ގެއްލުނެވެ.'
އެހެން ނަމަވެސް އެ ޑައުންފޯލް އިން އަރައިގަނެ ފިލާވަޅުތަކެއް ލިބިގެން މިހާރު މަސައްކަތްތަކާއިގެން ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު