ރަންބީރު ކަޕޫރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ރަންބީރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އޭނާގެ މަންމަ، ނީޓޫ ކަޕޫރު ސޯޝަލް މީޑިއާގައި ވަނީ ޔަގީން ކޮށްދީފައެވެ. ނީޓޫގެ އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައި ބުނީ، ރަންބީރުގެ ހާލު ރަނގަޅު ކަމަށާއި އޭނާ މިވަގުތު ހުރީ ގޭގައި އަމިއްލައަށް ކަރަންޓީން ވެގެން ކަމަށެވެ. އަދި އެންމެންގެ ހެޔޮ ދުއާއަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައިވެއެވެ.
ނީޓޫއަށް ވެސް ވަނީ މީގެ ކުރިން ކޮވިޑު ޖެހި އެބަލިން ރަނގަޅުވެފައެވެ.
ރަންބީރު ކޮވިޑު ބައްޔަށް ހުށަހެޅިފައިވާކަމުގެ އަޑުތައް ފެތުރެން ފެށީ އިއްޔެ އެވެ. އެގޮތުން ރަންބީރުގެ ބޮޑުބޭބެ، ރަންދީރު ކަޕޫރާ ނޫސްވެރިއަކު ސުވާލު ކުރުމުން އެކަމަށް އެއްބަސްވުމަށްފަހު ރަންބީރު އުޅެނީ ބަލިކޮށްކަން އެނގޭ ކަމަށާއި ނަމަވެސް ބަލިވެގެން އުޅެނީ ކީއްވެގެން ކަމެއް އެނގިފައިނުވާ ކަމަށް ބުނެފައިވެ އެވެ.
ރަންބީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ އާލިޔާ ބަޓްއާއެކު ކުޅެފައިވާ ފިލްމު "ބްރަމަސްތްރާ" އާއި ކަރަން މަލްހޯތްރާގެ އެކްޝަން ޑްރާމާ "ޝަމްޝޭރާ" ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން