ފ. ފިލިތެޔޮ އައިލެންޑު ރިސޯޓުން ޑައިވިންއަށް ގޮސް އުޅުނު އެ ރިސޯޓުގެ ބިދޭސީ މުވައްޒަފަކަށް މިޔަރެއް ހަމަލާދީފި އެވެ.
އެއަތޮޅު ފީއަލި ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓާ ހެލްތު ސާވިސް އިބްރާހިމް ނަސީމް މިރޭ "ވަން" އަށް ވިދާޅުވީ ފިލިތެޔޮ ރިސޯޓުގެ ޑައިވިން ސްކޫލުގެ ޓްރެއިނަރަކަށް މިޔަރެއް ހަމަލާދީގެން އެ ސެންޓަރަށް ގެނެއި ކަމަށާއި މިޔަރު ހަމަލާދީފައިވަނީ އޭނާގެ ފައިގެ ކުޑަކަޅުވަ މަސްގަނޑަށް ކަމަށެވެ.
ނަސީމު ވިދާޅުވީ، އެ ހާދިސާގައި އޭނާގެ ކުޑަކަޅުވަ މަސްގަނޑުގައި ދެފަރާތުން މިޔަރު ދަތް އަޅާފައިވާތީ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. އަދި ޒަހަމްވިތަން ލޭމަނާ ކުރުމަށްފަހު އޭނާއަށް އެ ސެންޓަރުން އިތުރަށް ފަރުވާ ދެވެން ނެތުމުން އިތުރު ފަރުވާއަށް މިރޭގެ ވަގުތެއްގައި މާލެ ފުރުވާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެ މީހާއަށް މިޔަރު ހަމަލާދީފައިވަނީ ފިލިތެޔޮ ރިސޯޓު ކައިރީގައި އޮންނަ ތިލައަށް ޑައިވްކޮށްގެން މިޔަރުތަކަށް ކާންދޭން ގޮސް އުޅުމުގެ ތެރޭގައި ކަމަށް އޭނާއާއެކު ޑައިވިންއަށް ދިޔަ މީހަކާ ހަވާލާދީ ނަސީމު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު