ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ހައްޔަރުކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވަމުން ދިއުމާ ގުޅިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދުކުރާ އިރު ގައިދުރުކޮށް ޖަމާއަތް ހަދަން ޖެހޭގޮތަށް ނިންމުމުން އިޔާޒް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅޭގޮތުން މީގެކުރިން އިޔާޒް ވިދާޅުވީ މިސްކިތުގައި ގައިދުރުކުރުމަކީ ރަސޫލާގެ ސުންނަތް މުގުރާލުން ކަމަށެވެ.
އިޔާޒަށް ނިސްބަތްކޮށް އަލީ އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި މުޖުތަމައުގެ އިތުރުން އިސްލާމީ އުންމަތް ބައިބައިކުރަން މަސައްކަތްކުރާ މިފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރިކުރަން ގޮވާލާ ކަމަށެވެ.
"މީނާ ދޫކޮށްފައި ބަހައްޓައިފިނަމަ އަންހެން ދަރިން މަރަން ވެސް ގޮވާލައިފާނެ،" އާޒިމް ވިދާޅުވިއެވެ.
ގައިދުރުކޮށްގެން ނަމާދުކުރުމާ ދެކޮޅަށް އިޔާޒް ވާހަކަދެއްކެވުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އިޔާޒް އެފަދައިން ވިދާޅުވަމުންދާ އިރު، ސައުދީ އަރަބިއްޔާ ފަދަ އިސްލާމީ ގައުމުތަކުގައި ގައިދުރުކޮށްގެން ނަމާދުކުރަނީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު