ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމުގެ މަގާމަށް މ. ރަންވަރަ/ ހަދީޖާ ނައީމް އައްޔަން ކުރައްވައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެމްބަރުގެ ގޮތުގައި އައްޔަން ކުރައްވާފައިވާ ހަދީޖާ ނައީމަކީ، ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވާސިޓީން ބިޒްނަސް ލޯގެ ދާއިރާއިން މާސްޓާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ އެންމެ ފަހުން ފުރުއްވާފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ލީގަލް އޮފިސަރުގެ މަގާމެވެ. އޭގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމާއި އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ލީގަލްގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެ އެވެ.
ފަސް މެންބަރުންގެ މައްޗަަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރައިބިއުނަލްއަށް މެންބަރުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު