ރ. އުނގޫފާރުގައި މަސްފެންގަނޑަކަށް ވެއްޓުނު ކުއްޖާގެ ހާލު މިހާރު ސްޓޭބަލް ކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލްގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ ކުއްޖާގެ ހާލު މިހާރު ސްޓޭބަލް ކަމަށާއި ނަމަވެސް ކުއްޖާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

އޭނާ ވިދާޅުވީ ކުއްޖާގެ ހާލު ވަރަށް ގާތުން ޑޮކްޓަރުން ބަލަމުން އަންނަ ކަމަށެވެ، އަދި ކުއްޖާގެ އިތުރު ޓެސްޓްތަކެއް މިހާރު ވެސް ހަދަމުން އަންނަ ކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ނިންމާނީ ނަތީޖާތައް ލިބުމުން ކަމަށް ވެސް ވިދާޅުވި އެވެ.

މަސްފެންގަނޑަށް ވެއްޓުނީ އުމުރުން އެއް އަހަރާއި ހަތަރު މަހުގެ އަންހެން ކުއްޖެކެވެ.