ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލައިލެވޭނެ ކަމަށާއި މި މުއްދަތުގެ ތެރޭގައި ދިރާގުޓީވީއަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް މި ލަކީ ޑްރޯގައި ބައިވެރި ވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕޮރޮމޯޝަން ކުރިޔަށްދާނީ އަންނަ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ދިރާގު ޓީވީން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަކަމާއި އަދި އެންމެ ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު