ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ފައިބާ ކޭބަލް އަޅާފައިވާ އިމާރާތްތަކުގައި އުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހިލޭ ގުޅައިދޭނެ ކަމަށެވެ.
އޭގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ރައުޓާއިން 50 ޕަސެންޓް ޑިސްކައުންޓުގެ އިތުރުން ފައިބާ ކޭބަލެއް ނެތް އިމާރާތްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ކަނެކްޝަން ފީގެ 50 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށެވެ.
އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފައިބާ ބްރޯޑްބޭންޑަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން 25 ނަސީބުވެރިޔަކު ހޮވައި ފައިބާ ބްރޯޑްބޭންޑް ޕެކޭޖުގެ މަހު ފީއިން ދެ މަސް ދުވަހަށް 50 ޕަސެންޓުގެ ޑިސްކައުންޓް ދޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު