ދިރާގުން "އަމިއްލަ ޕޯސްޓްޕެއިޑް"ގެ ނަމުގައި މުޅިން އާ މޮބައިލް ޕޯސްޓްޕެއިޑް ޕްލޭނެއް ތައާރަފުކޮށްފިއެވެ.

މި އާ ޕްލޭނުގައި ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށް ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެއެވެ. ދިރާގު އަމިއްލަ ޕޯސްޓެޕެއިޑް ތައާރަފުކުރުމަށް ދިރާގުން ވަނީ ރޭ ވާޗުއަލް އިވެންޓެއް ބާއްވައި، ދިރާގު ފޭސްބުކް ޕޭޖުގައި ލައިވްކޮށް ދައްކައިފައެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ، ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްސްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެއެވެ. ވެލިއު ޕްކެސްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިން އެޑްއޮންސް، ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނައިފައެވެ.

ދިރާގުގެ ކޮންސިއުމާ ޕޯސްޓްޕެއިޑް މެނޭޖަރު ޖަނާ އިބްރާހިމް ވިދާޅުވީ، އަމިއްލައަށް މޮބައިލް ޕްލޭންތައް އެ ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ޕާސަނަލައިޒް ކޮށްލުމަކީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމެއް ކަމަށާއި ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނާ ގާތުން މަސައްކަތްކޮށް ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތްތައް ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު މޮބައިލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ކަސްޓަމުރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ މޮބައިލް ޔޫސޭޖް ބިހޭވިޔާ ވަރަށް ގާތުން ބަލަމުން. އެގޮތުން މިހާރު ދިރާގު އަމިއްލަ ޕޯސްޓްޕެއިިޑަށް މި ގެނައި އައު ފީޗާސްތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮބައިލް ޔޫސޭޖް މެނޭޖްކޮށް، ދިރާގު ކަސްޓަމާ ސެންޓަރަކަށް ޒިޔާރަތް ނުކޮށް، ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ޕެކޭޖު ބަދަލު ކޮށްލެވޭނެ،" ޖަނާ ވިދާޅުވިއެވެ.

ދިރާގު ޕޯސްޓްޕެއިޑް ހިދުމަތަށް ބަދަލުތައް ގެނެސްފައިވަނީ ހޯމް ފައިބާ ބްރޯޑްބޭންޑް، ބިޒް ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. ދިރާގުގެ އެކިއެކި ހިދުމަތްތަކަށް ގެންނަމުން އަންނަ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.