ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ، އެ ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި ދަރިވަރު ވަނީ އިއްޔެގެ ޝެޝަންތަކުގައިވެސް ބައިވެެރިވެފައެވެ.
ސޮފޫރާ ވިދާޅުވީ، އެކުއްޖާގެ ކޮންޓްކްޓް ޓްރޭސިން ހަދައި ތިން ކުއްޖަކު އެކަހެރިކޮށްފައިވާ ކަމަށެވެ.
"އެއްވެސް ޓީޗަރަކު ކޮންޓެކްޓްވެފައެއް ނުވޭ. ކޮންޓެކްޓުންގެ ގޮތުގައިވެސް މި ފާހަގަކުރެވުނީ ތިން ކުއްޖެއް،" ސޮފޫރާ ވިދާޅުވިއެވެ.
މީގެ އިތުރުން ސޮފޫރާ ވިދާޅުވީ، ސީއެޗްއެސްއީއަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލު ކުރާ ސްކޫލެއް ކަމަށާއި އެ ސްކޫލުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންވެސް ގައިޑްލަައިންތަކަށް ތަބާވާ ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ، ބަލީގެ އަލާމާތެއް ހުރިނަމަ ނުވަތަ ކޮންޓެކްޓެއް ނަމަ ސްކޫލަށް ނާންނަން. ނަތީޖާ ލިބެންދެން ގޭގައި މަޑުކުރަން،" ސޮފޫރާ ވިދާޅުވިއެވެ.
ސީއެޗްއެސްއީ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، މިފަހުން ވަނީ ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލާއި މުވައްޒަފަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އަމީނިއްޔާ ސްކޫލާއި ގާޒީ ސްކޫލާއި ބިލަބޮންގް ހައި ސްކޫލާއި މުހްޔިއްދީން ސްކޫލާއި ގިޔާސުއްދީން ސްކޫލުގެ ދަރިވަރުންތަކެއްވެސް މިދިޔަ މަހުގެ ތެރޭ ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު