މިއަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީގެ ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ބުނީ 2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ، މިއަދުން ފެށިގެން ދޫކުރަން ފަށާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 1:30 އަށް ދޫކުރަމުންދާނެ ކަމަށެވެ.
ސްޓޭޓްމެންޓް އޮފް އެންޓްރީ ގައި އެއްވެސް މައްސަލައެއް އޮތް ނަމަ މިމަހުގެ 16 ވަނަ ދުވަހުގެ ކުރީން އެ ޑިޕާޓްމަންޓުގެ ކައުންޓަރަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ޕަބްލިކް އެގްޒަމިނޭޝަނުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޫބަރު ގައި ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ޖަވާބު ކަރުދާސް ރީޗެކް/ ރީމާކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން ފޯމާއި ފައިސާބަލައިގަތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ޕަބްލިކް އެގްޒަމިނޭޝަނުން ވަނީ ބުނެފަ އެވެ.
ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ ރީޗެކަށް އެދި ހުށަހަޅަން ޖެހެނީ ހިދުމަތް ހޯދުމަށް އެދި ހުށަހަޅާ ސާވިސް ރިކުއެސްޓް ފޯމުން ކަމަށާއި މި ފޯމާއި ފީޝީޓު އެ ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ފޯމު ދޫކުރުމާއި، ފޯމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 އިން މެންދުރު 1:30 އަށް ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު