ދިރާގު އާރްބީ ކުއެސްޓް ޗެލެންޖުން މޮޅުވި ތިން ބައިވެރިން މިއަދު އިއުލާންކޮށްފިއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އޮގެމެންޓެޑް ރިއަލިޓީ (އޭއާރް) ގޭމް، އާރްބީ ކުއެސްޓް މިދިޔަ ޑިސެމްބަރު މަހު އެނބުރި އައީ ހާއްސަ ފީޗާތަކާއި އިނާމުތަކެއް ހިމެނޭ ޕްރޮމޯޝަނަކާއެކުއެވެ. އެގޮތުން އެ ޕްރޮމޯޝަނުގައި ދިރާގު މަމެން ކަސްޓަމަރުންގެ އިތުރުން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދިޔައެވެ.
ވާދަވެރި ރައުންޑްތަކަކަށްފަހު މޮޅުވި ތިން ބައިވެރިންގެ ގޮތުގައި ހޮވާފައިވަނީ އާރްބީ ކުއެސްޓްގެ ލީޑާ ބޯޑުގެ އެންމެ ކުރީގައިވާ ތިން ބައިވެރިންނެވެ. އެގޮތުން 21،971 ޕޮއިންޓާއެކު އެއްވަނައަށް ހޮވިފައިވަނީ "މަވަޑި"ގެ ނަމުން ގޭމުގައި ބައިވެރިވި މުހައްމަދު ހަސަނެވެ. އެއްވަނައަށް ދީފައިވަނީ 128 ޖީބީގެ އައިފޯން 12 ޕްރޯ މެކްސްއެކެވެ.
ދެވަނައަށް ހޮވިފައިވަނީ 21،528 ޕޮއިންޓާއެކު "ލަކުޑިބޯ"ގެ ނަމުން ގޭމުގައި މަޝްހޫރުކަން ހޯދާފައިވާ މުހައްމަދު ޖުމާން ރަޝީދެވެ. ދެވަނައަށް ދީފައިވަނީ ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާ ފޯނެކެވެ. އަދި ތިންވަނައަށް ހޮވުނީ 17،259 ޕޮއިންޓާއެކު "ކަރަންފޫ"ގެ ނަމުގައި ބައިވެރިވި ޝާރިކް އަލީއެވެ. ތިންވަނައަށް ދީފައިވަނީ ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް ފޯނެވެ. ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައެވެ.
ދިރާގުން ބުނީ ވާދަވެރި މުބާރާތް ނިމުނު ކަމުގައިވިޔަސް، އާރްބީ ކުއެސްޓް ގޭމް މިހާރުވެސް ޑައުންލޯޑްކޮށް، މަމެން ކަސްޓަމަރުންނަށް އެ ގޭމް ކުޅެގެން ބޯނަސް ޑޭޓާ ހޯދައި، މަމެން މޮބައިލް އެޕްލިކޭޝަނަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެ ޕްރޮމޯޝަން މާދަމާގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އާރްބީ ކުއެސްޓް ގޭމަކީ އައިއޯއެސްގައި "އޭއާރް ކިޓް" އަދި އެންޑްރޮއިޑްގައި "އޭއާރް ކޯރ" ނަމަކަށް ކިޔާ ޓެކްނޮލޮޖީއެއް ބޭނުންކުރާ ޒަމާނީ މޮބައިލް ގޭމެކެވެ. އެ ގޭމް އެ ދެ ވައްތަރުގެ ޑިވައިސްތަކަށް ވެސް ހިލޭ ޑައުންލޯޑް ކުރެވެއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް އިތުރު ޕާކްސް އަދި ގިނަ އިނާމުތައް ލިބޭ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު