ރެއާލް މެޑްރިޑްގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑަށް އަނެއްކާވެސް އަނިޔާގެ މައްސަލަތަކެއް ދިމާވެއްޖެއެވެ.
ޗެލްސީން ރެއާލްއަށް ބަދަލުވިފަހުން ހަޒާޑަށް ފިޓްނަސް އާއި އަނިޔާގެ މައްސަލަތައް އިންތިހާއަށް ދިމާވެފައިވާއިރު މި ސީޒަން ފެށިގެންވެސް ހަޒާޑަށް އަދި ރަނގަޅު ފޯމެއްގައި ކުޅެވޭ ގޮތެއް ނުވެއެވެ. އަނިޔާގެ މައްސަލަތަކާއެކު ގިނަ މެޗުތަކެއް މިހާތަނަށް ގެއްލިފައިވާއިރު، އޭނާއަށް މީގެ ކުރިން މި ސީޒަންގައިވެސް ދެ ފަހަރެއްގެ މަތިން ވަނީ އަނިޔާތަކުގެ މައްސަލަ ދިމާވެފައެވެ.
ހަޒާޑްގެ ފައިގެ މަސްގަނޑަށް އަނިޔާވެފައިވާކަން ޔަގީންވެފައިވާއިރު، މަދުވެގެން އެއްމަސް ދުވަސް ވަންދެން ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ބެލެވެއެވެ. ހަޒާޑްގެ އަނިޔާއާ ގުޅިގެން ރެއާލްއިން އަދި ވަކި އެއްޗެއް އިއުލާން ކޮށްފައި ނުވާއިރު، ބެލެވޭ ގޮތުގައި ޗެމްޕިއަންސް ލީގު ނޮކްއައުޓް ބުރުގައި ފެބްރުއަރީ 25 ވަނަ ދުވަހު އެޓްލާންޓާއާ ދެކޮޅަށް ރެއާލްއިން ކުޅޭ ފުރަތަމަ ލެގުގައިވެސް ހަޒާޑް ނުފެންނާނެއެވެ.
ހަޒާޑް ޗެލްސީއަށް ވަރުގަދަ ކުޅުމެއް ދެއްކުމަށްފަހު ރެއާލްއަށް ބަދަލުވީ 100 މިލިއަން ޔޫރޯގެ ޓްރާންސްފާއެއްގައެވެ. މިހާތަނަށް ރެއާލްއަށް ދިޔަ ފަހުން އޭނާއަށް ޖުމުލަ ނުވަ ފަހަރެއްގެ މަތިން އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާއިރު، ފުރަތަމަ ސީޒަނުގައިވެސް ކުޑަހުޅުގެ ބޮޑެތި އަނިޔާތަކެއް ހަޒާޑަށް ވަނީ ކުރިމަތިވެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު