މާލެ ސިޓީގެ ޕާކުތައް ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މާލެ ސިޓީ ކައުންސިލުގެ އިދާރާއިން ބުނީ ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހުޅުވާ ގަޑިތަަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ދެ ޕާކް ހުޅުވާނީ ކޮންމެ ދުވަހަކު ފަތިހު 5:00 އިން ހެނދުނު 8:00 އަށެވެ. އަދި ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ.
މީގެ ކުރިން ޕާކުތައް ހުޅުވާފައި ހުންނަނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށެވެ.
ސިޓީ ކައުންސިލުން މި ބަދަލު ގެނެސްފައިވަނީ މިފަހަކަށް އައިސް ކޮވިޑް 19ގެ ކޭސްތައް އިތުރުވުމާ ގުޅިގެންނެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު އުޅެނީ 100 އިން މަތީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު