ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޑރ. އަބްދުﷲ ޝިހާމް ހަސަން ނިންމަވައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަން ކަން ކުރިން ކުރެއްވި އަދި ދީނީ އިލްމުވެރިޔާ ޑރ. ޝިހާމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވަން ގަސްދުކުރައްވާ ކަމަށެވެ.

ޑރ. ޝިހާމް "ވަން" އަށް މިއަދު ވިދާޅުވީ، އޭނާ ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ހަމަހަމަ އުސޫލަކުން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށެވެ. އަދި އެމަނިކުފާނާއެކު ކޮންމެ ކުލައެއްގެ ބޭފުޅަކަށް ވެސް ކުރިއަށް ވަޑައިގެންނެވޭނެ ކަމަށް ވިދާޅުވި އެވެ.

ޑރ. ޝިހާމް، 2018 ވަނަ އަހަރުގެ އިންތިހާބުގައި ވެސް ވާދަކުރައްވާނެކަން އިއުލާން ކުރެއްވި އެވެ. ނަމަވެސް އިންތިހާބެއްގައި ވާދަކުރެއްވުމަށް ބޭނުންވާ މާހައުލެއް ނެތް ކަމަށް ވިދާޅުވެ 2016 ވަނަ އަހަރު އެ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވި އެވެ.