ކޮވިޑް 19އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް ދޭ ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި މިހާތަނަށް 90.32 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ކޮވިޑް 19އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-200 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާފައިވަނީ މެއި ހަތްވަނަ ދުވަހުއެވެ.
ފިނޭންސް މިިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި 10،180 މީހަކަށް 90.32 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ފްރަންޓްލައިން އެލަވަންސް ދެނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށް ދެއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް ފައިނޭންޝަލް، ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވި ގޮތުގައި، އޭރު ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި 33.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު