އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ށ. ކީކިމިނި މަސްވެރިކަމުގެ އޮޕަރޭޝަނަށް އަންނަ އަހަރު ކުރީކޮޅު ހުޅުވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
ޒަހާ މިހެން ވިދާޅުވެފައިވަނީ ހުސްވި ހަފުތާގެ ތެރޭގައި މަސްވެރިންތަކެއް ފެލިވަރުގައި މުޒާހަރާކޮށް، ކީކިމިނި އޮޕަރޭޝަންގެ ހާލަތަށް ގެނައުމަށް ސަރުކާރަށް ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ.
ޒަހާ މިއަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކީކިމިނި އޮޕަރޭޝަންގެ ހާލަތަށް އަންނަ އަހަރުގެ ކުރީކޮޅު ގެންނާނެ ކަމަށެވެ. އަދި އެތަން އެ ހާލަތަށް ގެނެވޭ އިރު މަސް ގަނެ، މަސް ރައްކާކުރެވޭނެ އިންތިޒާމާއި މަސް ފިނިކުރުމަށް ބޭނުންވާ އައިސް ލިބުމުގެ އިންތިޒާމުވެސް ކީކިމިނީގައި ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.
އުތުރުގެ މަސްވެރިން މަސްކިރުމަށް ދާން އޮތް ހަމައެކަނި ރަށަކީ ފެލިވަރަށް ވުމުން މަސްކިރުމުގައި ދިމާވާ ދަތިތަކާ ގުޅިގެންނާއި އެކަމުގެ ސަބަބުން މަހަށް ހަމަ އަގު ނުލިބޭތީ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޒަހާ ވިދާޅުވީ ކީކިމިނި އޮޕަރޭޝަނަށް ގެނެވުމާއެކު ފެލިވަރަށް ލުއިވެ، މަސްވެރިންނަށްވެސް އެތައް ގޮތަކުން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މަސްކިރުމުގައި ދިމާވާ މައްސަލަތަކަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު