ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށް، އެވޯޑު ދީފި އެވެ.
ދިރާގުގެ 200 އަށްވުރެ ގިނަ މުވައްޒަފުންނާއެކު އޮންލައިންކޮށް ބޭއްވި ހާއްސަ ހަފްލާއެއްގައި އެވޯޑު ދީފައިވަނީ އެކުންފުންޏަށް 10 އަހަރާއި 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 65 މުވައްޒަފުންނަށެވެ.
އެ ހަފްލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ އެވޯޑު ލިބުނު ފަރާތްތައް ދިރާގަށް ކޮށްދިން ހިދުމަތްތައް ފާހަގަކޮށް މަރުހަބާ ދަންނަވައި، އެ ފަރާތްތަކާއި އާއިލާތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ދިރާގުން ވަނީ އެވޯޑް ލިބުނު 65 މުވައްޒަފުން ދިރާގުގައި ވޭތުކުރި މުއްދަތުގެ ތަޖުރިބާ ބައިވެރިންނާ ހިއްސާކޮށްފަ އެވެ.
ދިރާގުން ބުނީ، އެކުންފުނީގެ އެންމެ ބޮޑު ރައުސުއްމާލަކީ އެކުންފުނީގެ މުވައްޒަފުން ކަމަށެވެ. ދިރާގުން މީގެ ކުރިން ވެސް ވަނީ އެކުންފުނީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު