މ. މުލީގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލެއްގައި ރޯކޮށް އަންދާލައިފި އެވެ.

ފުލުހުން ބުނީ މުލީ މަގުމަތީ ޕާކު ކޮށްފައިހުރި ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓެއް ރޭ ފަތިހު 5:45 ގައި ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް ރޯކޮށްލާފައިވާ ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް މުލީ ކައުންސިލް ރައީސް އަހުމަދު ޝާތިރަށް "ވަން" އަށް ގުޅުމުން ވިދާޅުވީ، އެރަށުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ ކަމަށާއި ނަމަވެސް ރޯކޮށްލަން ޖެހުނު ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

މި މަސައްލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.