ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީއަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އެވޯޑު ހަފުލާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2020ގައި 36 ދާއިރާއަކުން ރާއްޖެއަށް އެވޯޑް ލިބިއްޖެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ސަޓާ އެވޯޑު ހަފްލާ ބާއްވާފައިވަނީ ވާޗުއަލްކޮށެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި އެކި ކެޓަގަރީތަކުން ރާއްޖެއަށް 36 އެވޯޑް ލިބިފައިވެއެވެ. އެގޮތުން 16 ދާއިރާއަކުން ސިލްވާ އެވޯޑް ރާއްޖެއަށް ލިބިފައިވާ އިރު، 19 ދާއިރާއަކުން ގޯލްޑް އެވޯޑް ހާސިލުކޮށްފައިވެއެވެ.

  • ބެސްޓް ސީއެސްއާރް ޕްރޮގްރާމް - ބަނިޔަންޓްރީ ވައްބިންފަރު (ގޯލްޑް)
  • ލީޑިން އެޑްވެންޗާ ސާވިސް ޕްރޮވައިޑާ - ބެސްޓް ޑައިވްސް (ގޯލްޑް)
  • ލީޑިން އެއާޕޯޓް ހޮޓެލް - އިކުއޭޓާ ވިލެޖް (ސިލްވާ)
  • ލީޑިން އޯލް އިންކްލޫސިވް ރިސޯޓް - ސަންޓާރާ އައިލޭންޑް ރިސޯޓް އެންޑް ސްޕާ (ސިލްވާ)
  • ލީޑިން ބީޗް ރިސޯޓް - ސަން އެކުއާ އިރުވެލި (ގޯލްޑް)
  • ލީޑިން ބީޗް ވިލާ ހޮޓެލް / ރިސޯޓް - އަންސާނާ އިހުރު (ގޯލްޑް)
  • ލީޑިން ބުޓީކް ހޮޓެލް / ރިސޯޓް - އަދާރަން ޕްރެސްޓީޖް ވާދޫ (ސިލްވާ)
  • ލީޑިން ބިޒްނަސް ހޮޓެލް - މާގިރި (ސިލްވާ)
  • ލީޑިން ޑެސްޓިނޭޝަން ޕްރޮމޯޓާ - ރިސޯޓް ލައިފް ޓްރެވަލް (ގޯލްޑް)
  • ލީޑިން ޑައިވް ސެންޓާ / ބްރޭންޑް - ޑައިވް އޯޝަނަސް (ގޯލްޑް)
  • ލީޑިން ޑައިވް ރިސޯޓް - އަދާރަން ސެލެކްޓް މީދުއްޕަރު (ގޯލްޑް)
  • ލީޑިން އިކޯ ފްރެންޑްލީ ސިޓީ ހޮޓެލް - ވޭވް ސައުންޑް ބައި ތްރީ އެސް މޯލްޑިވްސް (ސިލްވާ)
  • ލީޑިން އިކޯ ފްރެންޑްލީ ރިސޯޓް - ސޮނެވާފުށި (ގޯލްޑް)
  • ލީޑިން އެފް އެންޑް ބީ ރިސޯޓް / ހޮޓެލް - ޔޫ އެންޑް މީ ބައި ކަކޫން މޯލްޑިވްސް (ސިލްވާ)
  • ލީޑިން ފެމިލީ ރިސޯޓް - ޕެރެޑައިސް އައިލެންޑް ރިސޯޓް (ސިލްވާ)
  • ލީޑިން ގެސްޓް ހައުސް - ރިވެރީސް ޑައިވިން ވިލެޖް (ގޯލްޑް)
  • ލީޑިން ހެރިޓޭޖް ހޮޓެލް / ރިސޯޓް - އިކުއޭޓާ (ސިލްވާ)
  • ލީޑިން ހޮސްޕިޓާލިޓީ ޑެވެލޮޕްމެންޓް ކޮމްޕެނީ - ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (ސިލްވާ)
  • ލީޑިން ލިވަބޯޑް - ސްކޫބާ ސްޕާ (ގޯލްޑް)
  • ލީޑިން ލިވަބޯޑް ބްރޭންޑް - ވޮޔެޖެސް މޯލްޑިވްސް (ގޯލްޑް)
  • ލީޑިން ލަގްޒަރީ ހޮޓެލް / ރިސޯޓް - ސޮނެވާ ޖާނީ (ސިލްވާ)
  • ލީޑިން މީޓިން އެންޑް ކޮންފަރެންސް ހޮޓެލް / ރިސޯޓް - ކުރުނބާ މޯލްޑިވްސް (ސިލްވާ)
  • ލީޑިން ޕީއެސްއޭ - އޭސް ޓްރެވެލްސް މޯލްޑިވްސް (ގޯލްޑް)
  • ލީޑިން ސްޕަވިޝަން އޭޖެންޓް - އޭވިއާ މޯލްޑިވްސް (ގޯލްޑް)
  • ލީޑިން ސާފް ހޮޓެލް / ރިސޯޓް - ސިނަމަލް ދޮންވެލި މޯލްޑިވްސް (ސިލްވާ)
  • ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ / ލޭންޑް އެންޑް ސީ - އެޓޯލް ޓްރާންސްފާ (ސިލްވާ)
  • ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ / އެއާ - އައިލެންޑް އޭވިއޭޝަން (ގޯލްޑް)
  • ލީޑިން ޓްރެވެލް އެޖެންޓް / އިންބައުންޑް - ރިސޯޓް ލައިފް ޓްރެވަލް (ސިލްވާ)
  • ލީޑިން ޓްރެވެލް އެޖެންޓް / އައުޓްބައުންޑް - އޭސް ޓްރެވެލްސް މޯލްޑިވްސް (ގޯލްޑް)
  • ލީޑިން ވެޑިން ހޮޓެލް / ރިސޯޓް - ސަން އެކުއާ ވިލު ރީފް (ސިލްވާ)
  • ލީޑިން ވެލްނެސް އެންޑް ސްޕާ ބްރޭންޑް - އަރާމު ސްޕާ (ގޯލްޑް)
  • މޮސްޓް ރޮމާންޓިކް ރިސޯޓް - ޔޫ އެންޑް މީ ކަކޫން މޯލްޑިވްސް (ގޯލްޑް)
  • ލީޑިން ޖީއެސްއޭ - އޭސް އޭވިއޭޝަން ސާވިސް މޯލްޑިވްސް (ގޯލްޑް)
  • ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓް - ދަ ސަން ސިޔާމް އިރުފުށި (ސިލްވާ)
  • ސައުތު އޭޝިއާސް ބެސްޓް ނިއު ހޮޓެލް / ރިސޯޓް - ހެރިޓަންސް އާރަށް (ގޯލްޑް)

ސަޓާ އެވޯޑްގައި ވިޒިޓާސް ޗޮއިސްއަށް އެވޯޑް ދީފައިވަނީ ފަސް ދާއިރާއަކުންނެވެ. އެގޮތުން ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑްވެސް ލިބިފައިވަނީ ރާއްޖެއަށެވެ. ލީޑިން އިންޓަނޭޝަނަލް އެއާލައިންގެ އެވޯޑް ސްރީލަންކަން އެއާލައިންސްއަށް ލިބިފައިވާ އިރު، ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަން ލިބިފައިވަނީ ނޭޕާލަށެވެ. އަދި ލީޑިން ހެރިޓޭޖް ޑެސްޓިނޭޝަން އަދި ލީޑިން މައިސް ޑެސްޓިނޭޝަން އެވޯޑް ލިބިފައިވަނީ އިންޑިއާއަށެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. ހައިރައިޒުން އިންތިޒާމުކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ މިއަދު ވެފައިވަނީ، ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ އެވޯޑަކަށެވެ. އެގޮތުން އެ މަސައްކަތުގެ އަގުވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގުވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.