ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު ހުރީ 638.1 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
މަރުކަޒީ ބޭންކުން މިމަހުގެ އެއްވަނަ ދުވަހު އާންމުކުރި މިދިޔަ މަހުގެ އިގުތިސޯދީ ތަފާސް ހިސާބުތަކުގައިވާ ގޮތުން އޮކްޓޯބަރު މަހު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 691.1 މިލިއަން ޑޮލަރެވެ. ނަމަވެސް ނޮވެމްބަރު މަސް ފެށުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވް ވަނީ 638.1 މިލިއަން ޑޮލަރަށް މަދުވެފައެވެ.
ތަފާސް ހިސާބުތަކުގައިވާ ގޮތުން ހިލޭ އެކީއާއެކު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދުވެސް ވަނީ މަދުވެފައެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި ލިބުނީ، 825.5 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު 48 އިންސައްތައިގެ ދަށްވުމެކެވެ.
ރާއްޖޭގެ ރިޒާވް އާންމުގޮތެއްގައި ބޭނުންކުރަނީ ރާއްޖެއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރަން ބޭނުންވާނެ ޑޮލަރު ފޯރުކޮށްދޭށެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ބޭރު ފައިސާ ވަންނަ ދޮރުތައް ބަންދުވުމާއެކު ޔޫސަބަލް ނުވަތަ ބޭނުންކުރެވޭ ރިޒާވް އެންމެ ބޮޑަށް ދަށްވީވެސް މިއަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައެވެ. އެ މަހުގެ ތެރޭގައި ޔޫސަބަލް ރިޒާވް 122 މިލިއަން ޑޮލަރަށް ވެއްޓުނެވެ.
ރާއްޖޭގެ ރިޒާވްގައި އާންމު ގޮތެއްގައި ހުންނަނީ ދެ މަހުގެ އިމްޕޯޓަށްވާ ފައިސާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު