ތޫފާނުގައި ގަޑިއަކު 100 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ސްރީލަންކާގެ މެޓް ޑިޕާޓްމަންޓުން ބުނެފިއެވެ.

ލަންކާގެ މެޓުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ތޫފާން "ބުރެވި"ގެ އެންމެ ބާރުގަދަ ހިސާބު ކަމުގައިވާ ތޫފާނުގެ މެދު މިހާރު ދަނީ ލަންކާގެ ޓްރިންކޮމަލީއާ ދިމާލަށް ދަތުރުކުރަމުން ކަމަށެވެ.

މެޓުން ބުނީ ތޫފާނުގައި ކުރިއަށް އޮތް ދެ ގަޑިއިރުތެރޭ ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވެދާނެ ކަމަށެވެ.

ލަންކާގެ މެޓުން ބުނީ ތޫފާނުގައި ގަޑިއަކު 100 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭތީ ބައެއް ސަރަހައްދުތަކަށް ރާޅު އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ތޫފާން "ބުރެވި"ގެ މިސްރާބު ހުރިގޮތަށް ބަލާއިރު ތޫފާން މާދަމާ ހެނދުނު މަންނާރް ޑިސްޓްރިކްޓަށް އަރާނެ ކަމަށް ލަންކާގެ މެޓުން ބުނެފައިވެއެވެ.